Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އައްސޭރި ޖަލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.

އެކަމަށްޓަކައި އިއްޔެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޖަލު ކޮމިޝަނަރު ޙަސަން ޒަރީރެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރު ވަނީ އައްސޭރި ޖަލުގެ އޮފިސަރުންނަށް ކުލަ އާއި މެޑަލް ވެސް ޙަވާލުކޮށް ދެއްވައިފަ އެވެ. އަދި އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއާ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުވައްޒަފުންނަށް އަރިސްކުރައްވައި، ކޮށްދެއްވާ ޚިދުމަތްތަކަށް ޝުކުރު ދެންނެވި އެވެ.

އަހަރީ ރަސްމިއްޔާތު ނިންމާލީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމަކުންނެވެ.