މިދިޔަ އަހަރު ވެލާނާ އިިންޓަނޭޝަނަލް އެއާޕޯޓްގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ އަތުން ޑޮލަރު ހުރި ސޫޓްކޭހެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފަތިހު ހިންގި ފޭރުމުގެ ހާދިސާއާ ގުޅިގެން އެންމެ ފަހުން ހައްޔަރުކުރީ ރ. މަޑުއްވަރީ، މީޒާން، އިސްމާއީލް ސިރުހާން، 30، ކަމަށެވެ. އޭނަ ހައްޔަރުކުރީ މި މަހުގެ 13 ގަ އެވެ.
މީޒާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.
ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނުގެ މައްސަލައިގައި ކުރިން 7 މީހަކު ހައްޔަރުކޮށް، ބަންދުކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު، 27، އާއި ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު، 44، އާއި އައްޑޫ ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް، 21، އާއި ލ. މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް، 20 އާއި ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް، 24، ގެ އިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު، 30، އެވެ.