Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްއެންޔޫގެ ކެރިއާ ގައިޑެންސް ފެއާ މިއަދު ފަށަނީ

ގައުމީ ޔުނިވާސިޓީން މި އަހަރު އަހަރު ބާއްވާ ފުރަތަމަ ކެރިއާ ގައިޑެންސް ފެއާ މިއަދު ފަށަން ނިންމައިފި އެވެ.

އެމްއެންޔޫގެ މައި ކެމްޕަހުގައި ފެއާ ފަށަން ހަމަޖެހިފައި ވަނީ ހަވީރު 4:00 ގަ އެވެ.

މި ފެއާ މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި ފެއާ ހުޅުވިފައި ހުންނާނީ ކުރިއަށް ގެންދާ ތިން ދުވަހުގެ ހަވީރު 4:00-6:00 އަށެވެ.

މި ކެރިއާ ގައިޑެންސް ފެއާގައި ވަޒީފާގެ ރޮނގު ޚިޔާރު ކުރުމާއި އެމްއެންޔޫގައި ކުރިއަށް ގެންދާ ކޯސްތަކާ ގުޅޭގޮތުން ސުވާކޮށް މަޢޫލޫމާތު ހޯދުމުގެ ފުރުޞަތު އޮންނާނެ އެވެ.

އެގޮތުން އަންނަ މަހުގެ އިންޓޭކްގެ ދަށުން، ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލު ކުރުމުގެ ފުރުޞަތު ވެސް ހުޅުވާލެވިފައި ހުންނާނެ އެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކޯސްތައް ހުންނާނެ އެވެ.