އާސަންދައިގެ ދަށުން މިހާރު 17 ތަނަކުން ނަމްބަރު އައިނު ހެެއްދޭނެ ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުގެ އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި ހޮސްޕިޓަލްތައް ހިމެނެ އެވެ.
ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް، ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން، ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
އާސަންދައިން ބުނީ ނަންބަރު އައިނުތަކަށް އާސަންދަ ސްކީމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެމްޕެނަލްކުރެވި، އައިނު ހައްދައިދޭ ތަންތަނުން ރަޖިސްޓަވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް އައިނު ހެއްދުމުގެ ޚިދުމަތް ލިލިބޭނެ ކަމަށެވެ.
އާސަންދައިން އައިނު ހެއްދޭނެ ތަންތަން:
1. އޭޑީކޭ ހޮސްޕިޓަލް
2. އެޑްވާންސް އައި ކްލިނިކް
3. އެޑްވާންސް މެޑިކަލް ކްލިނިކް
4. އެއިމްސް ޑައިގްނޯސްޓިކް ކެއަ
5. އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަ
6. ޗިޓީ އޮޕްޓިކަލް ކްލިނިކް
7. އައި ކެއަ ކްލިނިކް
8. އައި ކެއަ ކްލިނިކް ހުޅުމާލެ ބްރާންޗް
9. އައި ކެއާ ހޮސްޕިޓަލް
10. އައި ކެއާ ހޮސްޕިޓަލް ހުޅުމާލެ
11. ފަރޫކް ހެލްތު ކެއާ
12. މަލްޑިކެއާ
13. ނޫސަންދާ
14. ސެނަހިޔާ
15. ޓްރީޓޮޕް ހޮސްޕިޓަލް
16. ވިޝަން ކްލިނިކް
17. ޕަބްލިކް ހެލްތު ފެސިލިޓީސް
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި އައިނު ފިިހާރަ ހުޅުވައިފައެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ސަރުކާރުގެ އައިނު ފިހާރަ ހުޅުވަން ހަމަޖެހިފައިވެ އެވެ.