Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ފުޅާކޮށް ވޭޕްގެ ވިޔަފާރިކުރާ މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުޙައްމަދު ޝިޔާން (25އ) އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނުހާމް މުޙައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.