Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އެޖެންސީއަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ އިދާރީ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ ކުޅިވަރުގެ މައިދާނުގައި ޑޯޕިން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ، 19 މޭ 2025 ގައި ރައީސް ތަސްދީޤުކުރެއްވި ކުޅިވަރު ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެއް ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.