Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު ޕުޓިން އަށް އަރުވައިފި

ރާއްޖެ އިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ވެސް އަރިސްކުރައްވައިފަ އެވެ.

ރާއްޖެއިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް ޢައްޔަންކުރީ މިދިޔަ އަހަރުގެ މާޗް 11 ގަ އެވެ. ކުރިން ސިފައިންގެ ތެރޭގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ޢަބްދުއްރަހީމަކީ ތުރުކީގައި ހުންނަވާ ރާއްޖޭގެ ސަފީރު ވެސް މެ އެވެ. އަދި އޭނަ އަކީ ރާއްޖެއިން ތުރުކީ އަށް ކަނޑައެޅި ފުރަތަމަ ސަފީރު ވެސް މެ އެވެ.