Last Updated: June 6, 11:37
Saturday, June 6, 2026
މުނިފޫހިފިލުވުން

"އޭކް ދިން" ގެ ޓީޒާ އިން ފިނިކޮށްލަދޭނެ!

ހިތްގައިމު ލޯބީގެ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ "އޭކް ދިން" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ މެއި މަހުގެ 1 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ތިން ވަނަ ފިލްމެވެ. ޒަމާނީ ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭނެ "އޭކް ދިން" ގެ ބަތަލާ އަކީ އިންޑިއާގެ ދެކުނުގެ ބަތަލާއެެއް ކަމަށްވާ ސައީ ޕައްލަވީ އެވެ.

ޖުނައިދާއި ސައީގެ ގުޅުން ދައްކުވައިދޭ ޓީޒާގެ ބޮޑު ބައިގައި ފެނިގެން ދަނީ ފިނި މޫސުމުގެ ތެރޭގެ ދުވަސްތަކެކެވެ. އެގޮތުން "އޭކް ދިން" އިން ސްނޯގެ ހިތްގައިމު ގިނަ މަންޒަރުތަކާ އެކު ހިތަށް ފިނިކަން ގެނުވައިދެ އެވެ. މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތައް ނަގާފައި ވަނީ ޖަޕާންގަ އެވެ.

ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "އޭކް ދިން" އަކީ ސުނިލް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި މިއީ އާމިރު ޕްރޮޑިއުސްކޮށް، ޖުނައިދު ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަަ ފިލްމަކީ މިދިޔަ އަހަރުގެ އެޕްރީލްގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ލަވްޔާޕާ" އެވެ.

ޖުނައިދުގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2024 ގެނެސްދިން ތާރީހީ ފިލްމު 'މަހާރާޖް' އެވެ