Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ހުޅުމާލޭ ފަޅުގައި ފައިބަރު މަސައްކަތް ނުކުރަން އަންގައިފި

ހުޅުމާލޭގެ ފަޅުތެރޭގައި އޮދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ނުކުރަން ހައުސިން ޑިވެލޮޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އެތަނުން ނެރުނު ބުނީ، ފަޅުތެރޭގައި ހުންނަ ދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރުމަކީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށެވެ. އަދި އެއީ މަނާކަމެއްކަން ހަނދާންކޮށް ދީފައިވެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ފަޅުތެރޭގައި އެފަދަ މަސައްކަތްތައް ކުރަމުންދާ ނަމަ އެފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ އެފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެދޭ ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުއްޓާނުލައިފިނަމަ މެރިން ޕޮލިސް އާއި ކަމާގުޅުންހު ރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.