ފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެެއްޖެ އެވެ.
އެ ސަރަހައްދުގައި ރޯވިކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހު 2:30 އެހާކަށްހާ އިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަ ސްޓޭޝަނުން އަލުފާން ނިއްވަން ހަރަކާތްތެރިވެފައިވެ އެވެ.
އެގޮތުން އަލިފާން އެއްކޮށް ނިއްވައިލެވުނީ ނިއްވާލެވުނީ ހަވީރު 4:00 އެހާކަށްހާ އިރު އެވެ.
މީގެ ކުރިން ވެސް ފުނާޑު ޗަސްބިމުގައި އަލިފާނުގެ ހާދިސާތައް ހިނގައި އެ ސަރަހައްދަށް ގެއްލުންތައްވެފައިވެ އެވެ.
މި ދުވަސްވަރު ހޫނު ގަދަވުމާ ގުޅިގެން ވެސް އެކި ރަށްރަށުގައި އަންނަނީ މިފަދަ ހާދިސާތައް ހިނގަމުންކަން ފާހަގަކޮށްލެވެ އެވެ.