Last Updated: June 6, 10:21
Saturday, June 6, 2026
މުނިފޫހިފިލުވުން

ރަންވީރުގެ ޒޮމްބީ ފިލްމަށް ކަލިއާނީ

މި އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ރަންވީރު ސިންގުގެ ޒޮމްބީ ތުރިލާ "ޕްރަލޭ" ގެ ބަތަލާއަކަށް ކަލިއާނީ ޕްރިއަދަރުޝަން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަ ފިލްމަށް ނެގިކަމުގެ އަޑުތަކެއް އަރާފައި މި ވަނީ މީގެ ބަތަލާގެ ރޯލަށް އާލިއާ ބަޓް ގެންނަން އުޅޭ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އަޑު އަރާފައި ވަނިކޮށެވެ.

ކަލިއާނާކީ އަކީ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ދަރިއެކެވެ. ކަލިއާނާ އަކީ މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމު "ލޯކާ ޗެޕްޓާ 1: ޗަންދުރާ" ގެ ބަތަލާ އެވެ. އުމުރުން 32 އަހަރުގެ ކަލިއާނީ މިހާތަނަށް މުޅިން ވެސް ކުޅެފައި ވަނީ އިންޑިއާގެ ދެކުނުގެ ފިލްމުތެކެވެ. އޭގެ ތެރޭގައ ހިމެނެނީ މަލަޔާޅަމް، ތެލެގޫ އަދި ތަމަޅަ ފިލްމުތަކެވެ.

އެހެންވެ "ޕްރަލޭ" ވާނީ އޭނަގެ ފުރަތަމަ ބޮލީވުޑް ނުވަތަ ހިންދީ ފިލްމަށެވެ.

ރިޕޯޓްތައް ބުނަ ގޮތުން ކަލިއާނީ ފިލްމަށް އެއްބަސްކުރުވުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ރަންވީރެވެ. އަދި "ޕްރަލޭ" އަށް އޭނަ އެއްބަސްވީ ހުށަހެޅި ރޯލާ މެދުވެސް ވަރަށް ގަޔާވާތީ ކަމަށް މީޑިއާތަކުން ބުނެ އެވެ. ކަލިއާނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތަމަޅަ ފިލްމުތައް ކަމަށްވާ "ޖީނީ" އާއި "މާޝަލް" ހިމެނެ އެވެ.

ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހަދަން ނިންމާފައިވާ "ޕްރަލޭ" އަކީ ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.