Last Updated: June 6, 10:21
Saturday, June 6, 2026
ދުނިޔެ

އުމްރާ އަށް ދިޔަ މެލޭޝިއާގެ ބަތަލާއަކު ގެއްލިއްޖެ

އުމްރާ އަށް ދިޔަ މެލޭޝިއާގެ ބަތަލާއަކު ސައުދީ އަރަބިއްޔާ އަށް ދިޔަތަނާ ގެއްލިގެން ހޯދަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނާދިއާ ކެސޫމާ ކަމަށެވެ.

އޭނަގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ނާދިއާ ގެއްލުނީ މި މަހުގެ 15 ވަނަ ދުވަހު ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ފަހުން ކަމަށެވެ. އަދި އޭނަ އަށް ވީނުވީއެއް ނޭނގި ގެއްލުމުގެ ކުރިން ޖިއްދާގައި ލޭންޑްކުރި ތަނާ ފިރިމީހާ އަށް މެސެޖްކޮށް، ޖިއްދާ އަށް ދެވިފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ނާދިއާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އުމްރާ އަށް ފަހު ނާދިއާ ދާން އޮތީ ލަންޑަނަށެވެ. އޭނަ އުމްރާ އަށް ދިޔައީ ނޫހު ޓްރެވެލް އެންޑް ޓުއާސްގެ ހަވާލުގައި ކަމަށެވެ.

އޭނަ ގެއްލިގެން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރީ އިއްޔެ އެވެ. އަދި އެކަން ވަނީ ޖިއްދާ ހުންނަ މެލޭޝިއާގެ ކޮންސިއުލޭޓްގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.