Last Updated: June 6, 10:21
Saturday, June 6, 2026
މުނިފޫހިފިލުވުން

ހެރީގެ އާ އަލްބަމް މާޗްގައި

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ އާ އަލްބަމް އަންނަ މާޗް މަހުގެ ތެރޭގައި ނެރެން ނިންމައިފި އެވެ.

މާޗް 6 ގައ ނެރެން ނިންމާފައިވާ އާ އަލްބަމްގެ ނަމަކީ "ކިސް އޯލް ދަ ޓައިމް، ޑިސްކޯ، އޮކޭޝަނަލީ" އެވެ. މި އަލްބަމްގައި ޖުމްލަ 12 ލަވަ ހިމެނޭނެ އެވެ. އަދި އަލްބަމް ނެރެނީ ހެރީގެ ކުރީގެ އަލްބަމްތައް ޕްރޮޑިއުސްކޮށްފައިވާ ކިޑް ހާޕޫންއާ ގުޅިގެންނެވެ.

"ކިސް އޯލް ދަ ޓައިމް. ޑިސްކޯ، އޮކޭޝަނަލީ" އަކީ ހެރީގެ 4 ވަނަ ސްޓޫޑިއޯ އަލްބެމެވެ.

ކުރީގެ މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގެ މެންބަރުންގެ ތެރޭގައި ހިމެނުނު 31 އަހަރުގެ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ 2022 ގެ "ހެރީސް ހައުސް" އެވެ. އޭނަގެ އެހެން އަލްބަމްތަކަކީ 2019 ގެ "ފައިން ލައިން" އާއި 2017 ގެ "ހެރީ ސްޓައިލްސް" އެވެ.

ހެރީ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއް ވެސް މެ އެވެ. އޭނަގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ 2022 ގެ ރޮމޭންޓިކް ޑްރާމާ "މައި ޕޮލިސްމޭން" އެވެ.