Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އެކްސަސައިޒް "ދޯސްތީ" ފަށައިފި

ތިން ގައުމެއްގެ ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ ބުރު ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފި އެވެ.

މީގައި ބައިވެރިވާ ތިން ގައުމަކީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ސްރީ ލަންކާގެ އަސްކަރިއްޔާ އެވެ.

"ދޯސްތީ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

އެ ރަސްމިއްޔާތުގައި ލަންކާ ކޯސްޓު ގާޑުގެ ޑިރެކްޓަރު ޖެނެރަލް އެޑްމިރަލް ރޯހަން ޖޯސެފް ވިދާޅުވީ، ދޯސްތީ ތަމްރީނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ތަމްރީނު ކަމަށާއދި މި ތަމްރީނު ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރު، މިއީ ސަރަޙައްދީ ސަލާމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ހަރަކާތެއް ކަމަށެވެ.

މީގެ 35 އަހަރު ކުރިން މި އެކްސަސައިޒު ފެށީ، އިންޑިއާ އަދި ރާއްޖޭގެ ކޯސްޓުގާޑާ އެކުގައެވެ. އަދި ލަންކާ މި ތަމްރީނާ ގުޅުނީ ނަމަވެސް 2012 ގަ އެވެ.

މި އެކްސަސައިޒު މި އަހަރު ކުރިއަށް މިއަދުން ފެށިގެން 19 އާ ހަމައަށެވެ.

މިއަހަރުވެސް މި އެކްސަސައިޒުގެ ތެރެއިން ސާޗު އެންޑް ރެސްކިއު ޑްރިލްތަކާއި، މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އަދި މެރިޓައިމް ސެކިއުރިޓީ އާއި ގުޅުންހުރި ޑްރިލްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ބުންޏެވެ.