Last Updated: June 6, 10:21
Saturday, June 6, 2026
ދުނިޔެ

އިންޑޮނީޝިއާގެ މަތިންދާބޯޓެއް ގެއްލިއްޖެ

އިންޑޮނީޝިއާގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުރިތާ މާ ގިނައިރުތަކެއް ނުވަނީސް މިއަދު ހެނދުނު ގުޅުން ކެނޑި ހޯދަމުން އަންނަނީ އިންޑޮނީޝިއާ އެއާގެ އޭޓީއާރް 42-500 މަރުކާގެ ބޯޓެކެވެ. އެ ބޯޓް ގެއްލުނު އިރު އޭގައި 11 މީހުން ތިއްބެވެ. އެއީ 8 ކްރޫ މެންބަރުންނާއި ތިން ޕެސެންޖަރުންނެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބޯޓް ގެއްލުނީ ޔޮގްޔަކާޓާ ސިޓީން މަކަސާ ސިޓީ އަށް ދާން ދަތުރު ކުރަނިކޮސް ކަމަށާއި އެ ދަތުރަކީ އެ ގައުމުގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓްރީން ޗާޓަރުކޮށްގެން ފެށި ދަތުރެއް ކަމަށެވެ.

ބޯޓަށް ވީނުވީ ގޮތެއް ނޭނގި ގެއްލުމާ ގުޅިގެން މާރޮސްގެ ފަރުބަދަ ސަރަހައްދުގައި ވަޔާއި އެއްގަމު މަގުން ބޯޓް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.