ހަތަރު މީހުންނާ އެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާއި، ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނ އިރު އަނެއް މީހުން ސަލާމަތްކުރީ ކު، އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ