Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ބަރުބަރީ މިސްކިތް ވަރަށް އަވަހަށް ހުޅުވަނީ

މާލޭގެ ބަރުބަރީ މިސްކިތް ހުރި ތަނުގައި އިމާރާތްކުރާ އާ މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު އެ މިސްކިތުގައި ނަމާދު ކުރަން ފެށޭނެ ކަމަށެވެ.

ރަށްދެބައި މަގުގައި ހުންނަ ބަރުބަރީ މިސްކިތް ތަޅާލައި އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަން "އަލިސާފު" ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 21، 2024 ގަ އެވެ. މިއީ އެ ކުންފުނިން ބިނާކޮށްދޭ މިސްކިތެކެވެ.

މިސްކިތުގައި އެއްފަހަރާ 1،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ރޯދައިގެ ކުރިން މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވަން ކުރަމުން އަންނަ މަސަައްކަތުގެ ތެރެއިން ދާދި ފަހުން ހުޅުމާލޭގެ ފޭސް ދޭކާއި އައްޑޫ މަރަދޫގައި ވެސް އާ މިސްކިތްތަކެއް ހުޅުވާފައިވެ އެވެ.