Last Updated: June 6, 10:19
Saturday, June 6, 2026
ޚަބަރު

ގެއްލިފައި ވަނީ ދިވެއްސަކާއި ބިދޭސީއެއް

ހަތަރު މީހުންނާއެކު ދަތުރު ކުރަނިކޮށް މިއަދު ބަންށުން ޖަހައިލި ދޯނިން ގެއްލުނު މީހުންނަކީ ދިވެއްސަކާއި ބިދޭސީއެެއް ކަމަށް ފުލުހުން ބުނެފި އެވެ.

ކ. ވާދޫ ކައިރިން ބަންޑުން ޖަހާލައި "ބަލްމާ 6" ދޯނިން ބަންޑުން ޖަހައިލި ހާދިސާގައި އޭގައި ތިބި އަނެއް ދެ މީހުން ސަލާމަތްކުރީ ހާދިސާ ހިނގި ސަރަހައްދުން ދިޔަ ދޯންޏެއްގެ ބައެކެވެ. ފުލުހުން ބުނީ ހެނދުނު 7:27 ހާއިރު ހިނގި އެ ހާދިސާގައި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގު ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"ބަލްމާ 6" ދޯނި ބަންޑުން ޖަހާލި ސަބަބެއް އަދި ސާފެއް ނުވެ އެވެ.