Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ނާށިން ތަކެތި ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް

ނާށި ބޭނުންކޮށްގެން ތަކެތި ހަދަން ދަސްކޮށްދޭ ވޯކްޝޮޕް ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކުރި މި ވޯކްޝޮޕްގައި ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭނެ އެވެ. ވޯކްޝޮޕްގައި 15 ޒުވާނުން ބައިވެރިވެފައިވާ އިރު މި ވޯކްޝޮޕް ކުރިއަށްގެންދަނީ ޔޫތު ހަބްގަ އެވެ.

މި ވޯކްޝޮޕަކީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.

މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ހިންގާ ވޯކްޝޮޕެކެވެ.