ސަރުކާރުން ފަށަން ތައްޔާރުވަމުބް އަންނަ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ވޯކް-އިން-އިންޓަވި ބާއްވައިފި އެވެ.
މި އިންޓަވިއު އިއްޔެ ކުރިއަށް ގެންދިޔައީ ޓެކްސީ ލައިންގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ އެމްޓީސީސީންނެވެ. އެގޮތުން އިއްޔެ ހެނދުނު 10:00 އިިން ހަވީރު 6:00 އާ ހަމައަށް މާފަންނު ބަސް ޓާމިނަލުގައި ކުރިއަށް ގެންދިޔަ އިންޓަވިއުގައި 269 މީހުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓެކްސީ ލައިންގެ ޚިދުމަތުގައި ފުލް ޓައިމްކޮށްށާއި ޕާޓްޓައިމްކޮށް ޑްރައިވަރުން ނަގަން ހަމަޖެހިފައިވެ އެވެ. އެގޮތުން ޖުމްލަ 407 ޑްރައިވަރުން ބޭނުންވެ ވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށެވެ.
މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގަން އިންޓަވިއު ބޭއްވި އިރު، މި ވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
ޓެކްސީގެ ހިދުމަތް ދޭން ނިންމާފައި ވަނީ އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެގޮތުން ޓެކްސީ ލައިންގައި ތިން ސައިޒެއްގެ ވެހިކަލް ބޭނުން ކުރަން ހަމަޖެހިފައިވާ އިރު، މިއީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.
ޓެކްސީ ލައިންގެ ހިދުމަތް އަންނަ މަހު ފަށާ ގޮތަށް ޕްލޭންކޮށްފައިވެ އެވެ.