Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޑްރަގާ އެކު ނިއުމާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި، ރޯސް، އާމިނަތު ނިޢުމާ، 43، އެވެ. އޭނައާ އެކު އެ ރަށު ޖަވާހިރުވިލާ، ޙުސައިން ޢާމިރު، 47، ވެސް ހައްޔަރުރި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހު 15 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސް ކުރި އިރު މަސްތވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށެވެ. އަދި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒި ރުކުރުމުން ޢާމިރު ފަސް ދުވަހަށް އަދި ނިޢުމާ 15 ދުވަހަށް ބަންދުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.