Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ވަގަށް ނެގި ލަވްބާޑްތަކެއް ހޯދައިފި

އައްޑޫ ފޭދޫގެ ގެއަކުން ވަގަށް ނެގު ލަވްބާޑްތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ހަތަރު ލަވްބަޑް ވަގަށް ނަގައިގެން ގަން ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރީ އިއްޔެ ރޭ ދަންވަރު ކަމަށާއި ހަމަ އެ ލަވްބާޑްތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވަގަށް ނެގީ ހަތަރު ލަވްބާޑެވެ.

ނަމަވެސް މި ވައްކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވެލްޑިން ޕްލާންޓެއް ވެސް ގަން ޕޮލިސް ސްޓޭޝަނަށް ގެނެސްފައިވާތީ އޭގެ ވެރިފަރާތުން ގަ ންޕޮލިސްގެ ނަމްބަރ 125 އަށް ގުޅުމަށް އެދިފައިވެ އެވެ.