އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ލިވް އަންލިމިޓަޑް ކެމްޕެއިންގެ ތެރެއިން 14 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
އެ ނަސީބުވެރިޔަކީ މ. މުލަކަށް ނިސްބަތްވާ ނުޒުހާ އިބްރާހިމެވެ. އޭނައާ އިނާމު ހަވާލުކުރީ އިއްޔެ އެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް އަންނަނީ ދެމުންނެވެ. އެވެ. ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭއިރު، ގްރޭންޑް ޕްރައިޒަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
މި ކެމްޕެއިނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭއިރު، 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ކެމްޕޭނަށް އެންރޯލްވެ އެވެ.
މީގެ އިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ، އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ވެސް ކެމްޕެއިނުގައި ބައިވެރިވެވެ އެވެ.