މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވ މަޝްރޫއުތައުތައް މި ދައުރުގެ ތެރޭގައި ނިންމައި ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
"އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް މިއަދު ހުޅުވައިލުމާ ގުޅިގެން ދެއްވި އިންޓަވިއުއެއްގައި މިނިސްތަރު ވިދާޅުވީ މިހާރު ތަރައްގީ ކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ.
"މި ދަޢުރުގައި ރަޖިސްޓްރީ ހަދައި، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން. 7،900 ފްލެޓަކީ ވެސް ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތެއް، އޭނަ ވިދާޅުވި އެވެ. "ދެހާސް އަށެއްގެ ފަހުން، އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ޕްރޮޖެކްތަކެއް ނިންމާ ފްލެޓަށް މީހުން ވެއްދިފައެއް ނެތް. މި ސަރުކާރުން އެކަން ބަދަލު ކުރާނަން. ޢަމާޒަކީ އެ ތަންތާގައި ދިރިއުޅެވޭ ވަރު ކުރުން."
"އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން 15،000 ގޯތި އަދި 7،900 ފްލެޓަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލައިފަ އެވެ.
މުއްތަލިބް ވިދާޅުވީ މަޝްރޫޢުއަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢާއި، އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ލިބިފަވާ 4،000 ޔުނިޓާއި އަދި ސަޢުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ހަމަޖެހިފަވާ މަޝްރޫޢުތައް ހިމެނެ އެވެ.
އޭނަ ވިދާޅުވީ ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކީ އެންމެ ބޭނުންޖެހިފަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ކަމަށެވެ.
"ފުރަތަމަ ސްކީމު މި ޚާއްސަވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް،ބޯ" މުއްތަލިބް ވިދާޅުވި އެވެ. "ހިޔާވަހިކަމުގެ ޑިމާންޑް އުފެދެނީ އާއިލާތަކުން. ދަރިންނަށް މައިންބަފައިންނަށް ފޯރުކޮށްދޭ ރައްކާތެރިކަމުގެ ތެރެއިން."