Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އިންތިހާބު އޮބްޒާވް ކުރަން ބޭރަށް ހުޅުވާލައިފި

އެޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވު ކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

ކޮމިޝަނުން ބުނީ އިންތިހާބުވެ ކަންކަން ކުރިއަށްދާ ގޮތް ބަލަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެކަމަށް އެދި އެޕްލައި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތު އޮންނާނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށް ކަމަށް އީސީން ބުންޏެވެ.

ކޮމިޝަނުން ބުނީ އިންތިޚާބު އޮބްޒާވް ކުރަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

ދެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އެޕްރިލް 4 ގަ އެވެ.