Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ބީއެމްއެލުން ވޯލްޑް ކަޕްގެ ފައިނަލް މެޗް ބަލަން ދާން ފުރުސަތު

ފީފާ ވޯލްޑްކަޕް 2026 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވިސާ އާއި ގުޅިގެން ބީއެމްއެލް އިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ހަމައެކަނި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިއަހަރުގެ އޭޕްރީލް 15 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުން ރަޖިސްޓަރވާން ޖެހެ އެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000ރ. ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިޚުތިޔާރުކުރާ މީހަކާއެކު ފީފާ ވޯލްޑްކަޕް ފައިނަލް މެޗް ބަލާލަން ދިއުމަށް ފްލައިޓް ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދުގެ އިތުރުން ފައިނަލް މެޗްގެ ދެ ޓިކެޓް ލިބޭނެ އެވެ.

ބީއެމްއެލްއިން އަންނަނީ ވިސާ ކްލެސިކް، ގޯލްޑް، ޕްލެޓިނަމްގެ އިތުރުން ދާދި ފަހުން ތައާރަފްކުރި ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް، ޕްލެޓިނަމް ޑެބިޓް ކާޑުވެސް ދޫކުރަމުންނެވެ.