އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން އަށް އޮނަރަރީ ޑޮކްޓަރޭޓް ޑީގްރީއެއް އަރުވައިފި އެވެ.
ކުރީގެ މިސް ޔުނިވާސް އަށް އިންޑިއާގެ ވެސްޓް ބެންގާލްގެ ޓެކްނޯ އިންޑިއާ ޔުނިވަސިޓީން އެރުވީ އޮނަރަރީ ޑޮކްޓާ އޮތް ލެޓާސް ޑިގްރީ އެވެ. އެއީ އޭނަ ފިލްމީ ދާއިރާއަށާއި އިންސާނިއްޔަތަށް ކޮށްދެމުން އަންނަ ހިދުމަތްކުގެ އަގުވަޒަންކޮށެވެ.
ސުޝްމިތާ އަކީ ވަކިން ހާއްސަކޮށް އަންހެނުންގެ ތަފާތު އެކިއެކި މައްސަލަތަކުގައި ވަކާލާތުކޮށް، އަންހެނުން ބާރުވެރިކުރުވުުގެ މަސައްކަތް ކުރަމުން އަންނަ ތަރިއެކެވެ.
ފިލްމީ ކެރިއަރު މާ ކާމިޔާބު ނޫން ނަމަވެސް ސުޝްމިތަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝަހުސިއްޔަތެކެވެ. މިހާރު އުމުރުން 50 އަހަރުގެ ބަތަލާގެ ފިލްމީ ކެރިއަރުގެ ފެށުމަކީ 1996 ގެ ފިލްމު "ދަސްތަކް" އެވެ. ސުޝްމިތާ އެންމެ ފަހުން ފެނިފައި ވަނީ 2023 ގެ ސީރީޒް ތާލީ އިންނެވެ.
އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ "ސިރްފް ތުމް" އާއި "ބީވީ ނަމްބަރު 1" އަދި "މޭ ހޫ ނާ" އެވެ.