މަތީ ތައުލީމަށް ދާން ބޭނުންވާ ފަރާތްތަކާއެކު ރާއްޖޭގެ ލީޑިން ސްޓޫޑެންޓް ކޮންސަލްޓެންސީއެއް ކަމަށްވާ، ޒެޑެކްސް ސްޓަޑީ އެބްރޯޑް އިން އައްޑޫގައި އިވެންޓެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޔުނިވާސިޓީތަކަށް އެޕްލައިކުރުމާ ގުޅޭ މައުލޫމާތު ދިނުމަށް "ކޮފީ ޓޯކްސް ވިތް ޒެޑެކްސް"ގެ ނަމުގައި ބާއްވާ މި އިވެންޓު ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށެވެ.
މި އިވެންޓުގައި ޔުނިވާސިޓީތަކަށް ފޯމު ހުށަހެޅުމާއި، ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުސަތުތަކާއި، ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުތުތަކުގެ އިތުރުން ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން ޒެޑެކްސްގެ ކައުންސެލަރުންނާ ބައްދަލުކޮށް، ވަކިވަކިން މަޝްވަރާކޮށް އިރުޝާދު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރ ކުރަންޖެހޭއިރު، އިތުރު މައުލޫމާތު 9902788 އަށް ގުޅުމުން ލިބޭނެ އެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެ ކުންފުނިން ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވަރސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފަ އެވެ. އެ ކުންފުނީގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވެ އެވެ.