ދެކޮޅަށް ދަތުރު ކުރަމުން ދިޔަ ރޭލުތަކެއް އެކްސިޑެންޓްވެ، ސްޕެއިން 20 އަށް ވުރެ ގިނަ މީހުން މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަހަވެއްޖެ އެވެ.
އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާރް ޕުއެންޓޭއާ ހަވާލާދީ މީޑިއާތަކުން ބުނީ ދެކުނު ސްޕެއިިންގައި ރޭ ހިނގި ހާދިސާގައި ޒަހަމްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ މަރުތަކުގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި ހާދިސާގައި ޖުމްލަ 73 މީހަކަށް އަނިޔާވި އިރު، މަރުވި މީހުންގެ އަދަދު މިހާރު 21 އަށް އަރަ އެވެ.
La última información que llega es muy grave. Las últimas unidades del tren Iryo que iba dirección Madrid han descarrilado, invadiendo esos coches la vía contraria por la que en ese momento circulaba un tren de Renfe en dirección Huelva. El impacto ha sido terrible provocando que… https://t.co/mqewlNBmDf
— Óscar Puente (@oscar_puente_) January 18, 2026
ދެ ރޭލު އެކްސިޑެންޓްވީ މަލާގާ އިން މެޑްރިޑަށް ދަތުރުކުރި ހައި ސްޕީޑް ރޭލު ޓްރެކް މަތިން ކަހާލައިގެން ގޮސް ކައިރީގައި އޮތް ޓްރެކަށް އަރައި އެއިން ދަތުރު ކުރަމުން އައި ރޭލުގައި ޖެހިގެންނެވެ. އެ ރޭލު ދަތުރުކުރީ މެޑްރިޑުން ހުއެލްވާއަށެވެ.
މެޑްރިޑަށް މެޑްރިޑަށް ދަތުރުކުރި ރޭލުން 300 އެއްހާ މީހުން އެ ރޭލު އޮޕަރޭޓް ކުރަމުން އަންނަ ކުންފުނި އިރިއޯ އިން ބުންޏެވެ. ހުއެލްއާ އަށް ދަތުކުރި ކުރި ރޭލުން 100 އެއްހާ މީހުން ދަތުރުކުރި ކަމެއް އެ ރޭލު އޮޕަރޭޓްކުރާ ކުންފުނި ރިންފޭ އިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭވް ވިދާޅުވީ ރެއަކީ ވަރަށް ވެސް ހިތާމަވެރިއެއް ރެއެއް ކަމަށެވެ.