Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ހިތަދޫން ވަގަށް ނެގި ސީލިން ފަންކާތަކެއް ހޯދައިފި

އައްޑޫ ހިތަދޫން ވަގަށް ނެގި ގިނަ އަދަދެއްގެ ސީލިން ފަންކާތަކެއް ފުލުހުން ހޯދައިފި އެވެ.

އައްޑޫ ފުލުހުން ބުނީ އެ ފަންކާތަކަކީ ހިތަދޫގެ އެކި ތަންތަނުން ނަގާފައިވާ ފަންކާތަކެއް ކަމަށެވެ. އަދި އެ ފަންކާތަކަކީ މި މަހުގެ 15 އާ ހަމައަށް ހިތަދޫން ކޮށްފައިވާ ވައްކަންތަކުގައި ހޯދާފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަންކާތަކުގެ އިތުރުން ވެސް އެހެން ބައެއް ތަކެތި ވެސް ހިތަދޫން ވަގަށް ނަގާފައި ވަނިކޮށް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ގުރާތަކެއް ވެސް ހިމެނެ އެވެ.

މި ފަހަކަށް އައިސް އައްޑޫގެ އެކި އަވަށްތަކުގައި ވައްކަން ކުރިން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން ގޭގެއިން ކެޔޮނޑުތައް ކެނޑުމާއި ވަގަށް ކުރުނބާ އެޅުމާއި ގޭގެއިން ގަސް ފަދަ އެއްޗެހި ވަގަށް ނެގުމުގެ އިތުރަށް އިލެކްޓްރިކް އެކި ސާމާނު ވެސް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދާފައިވެ އެވެ.