ޗައިނާގެ ސްޓީލްގެ މަސައްކަތް ކުރަމުން އަންނަ ފެކްޓަރީއެއް ގޮވައި ދެ މީހަކު މަރުވެ، 80 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އުތުރު ޗައިނާގެ އިނަ މިންގޯލިއާގައި ހިންގަމުން އަންނަ ސަރުކާރުގެ ބައޯގަންގް ޔުނައިޓެޑް ސްޓީލް ޕްލާންޓްގަ އެވެ.
މީޑިއާތަކުން ބުނީ އިއްޔެ މެންދުރު ފަހު 3:00 އެހާކަށް އިރު، އެތަނުގައި ހިނގި ގޮވުމުގެ ހާދިސާގައި ޖުމްލަ 84 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން 8 މީހަކު ވަނީ ގެއްލިފަ އެވެ.
An explosion occurred at a factory in western Baotou City, north China's Inner Mongolia Autonomous Region, at around 3 p.m. Sunday, local authorities said. The blast caused noticeable tremors in its surrounding areas. Casualties remain unclear as rescue operations are underway. pic.twitter.com/pWLcidyxgO
— China Xinhua News (@XHNews) January 18, 2026
ފެކްޓަރީ ގޮވި ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެ އިން އެ ގައުމުގައި ހިނގަމުން ދެ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޝަންޑޮންގް ޕްރޮވިންސްގެ ކެމިކަލް ފެކްޓަރީއެއް ގޮވައި ފަސް މީހަކު މަރުވެ، 19 މީހަކު ޒަހަމްވި އެވެ.