Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޕީއެންސީގެ އެކްޓިވިސްޓަކު ޖަމީލު ގޮވައިގެން ކޯޓަށް

ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޝިއުނާ ބުރުގާ ނާޅާ ދުވަސްވަރުގެ ފޮޓޯއެއް އާންމުކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ ދެކޮޅަށް ދައުވާ ކުރަން ހުށަހަޅައިފި އެވެ.

ޝިއުނާ ކުރި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ބުރުގާ ނާޅާއިރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާކޮށް ހައްގު ހޯދަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

"މުހައްމަދު ޖަމީލު އަހުމަދު ސޯޝަލް މީޑިއާގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާ ކުރުމަށް އަދި ގެއްލިފައިވާ ހައްގުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިން." ޝިއުނާ ބުންޏެވެ.

ޝިއުނާގެ ފޮޓޯއެއް ޖަމީލު ޕޯސްޓްކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެގޮތުން ޝިއުނާގެ ކުރީގެ ފޮޓޯއަކާއި ފަހުގެ ފޮޓޯއަކާއެކު ޖަމީލު ހިއްސާކުރެއްވި ޕޯސްޓުގައި އަލް ހުޖުރާތު ސޫރަތުގައި ދޮގު ހަބަރު ފަތުރާ މީހުންނާ ގުޅޭ ގޮތުން އައިސްފައިވާ އާޔަތެއްގެ މާނަ ހިއްސާ ކުރައްވާފައިވެ އެވެ.

ޝިއުނާއާ ގުޅޭ ޕޯސްޓެއް ޖަމީލު ކުރެއްވީ ޕީއެންސީގެ އެކްޓިވިސްޓުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ސައިޓެއްގައި ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު މާލޭގެ މޭޔަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދުއާ ގުޅޭ ގޮތުން ސައްހަ ނޫން ޚަބަރެއް ގެނެސްދިނުމާ ގުޅިގެންނެވެ.