Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އެކައުންޓް ހެކްކޮށް ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

ހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި، ރަންކޮކާގޭ، ނަދީފް މުޙައްމަދު، 36، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ކަސްޓަމަރަކު އޭނަ އަށް ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެ މީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައި ވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 2 ގަ އެވެ.

މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން ނަދީފް 29،600 އަށް ވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކި ފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 4،900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ފައިސާތައް ވެސް ނަގާފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ނަދީފަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ.

މި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ބަންދަރަށް ފުރަތަމަ 30 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 7 ދުވަސް ބަންދަށް ޖަހާފައިވެ އެވެ.