Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ބަންޑުން ޖެހި ދޯނިން ގެއްލުނު ދެވަނަ މީހާ ނުފެނޭ

އިިއްޔެ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެވަނަ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ހަތަރު މީހުން ދަތުރު ކުރަނިކޮށް އިއްޔެ ހެނދުނު "ބަލްމާ 6" ތާޖް އެގްޒޯޓިކާ ރިސޯޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަނީ ބިދޭސީއެކެވެ.

އެ ހާދިސާގައި ގެއްލުނު އަނެއް މީހާ އިއްޔެ ވަނީ މަރުވެފައި އޮއްވާ ފެނިފަ އެވެ. އެއީ ދޯނީގެ ކެޕްޓަން ކަ، ބ. ހިތާދު އަށް ނިސްބަތްވާ އަލީ ހުސައިން، 60، އެވެ.

އޭނަގެ ހަށިގަނޑު ފެނުނީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިންނެވެ.\

ދޯނި ބަންޑުން ޖެހި ހާދިސާގައި އޭގައި ތިބި އަނެއް ދެ މީހުން ވަނީ ސަލާމަތްވެފަ އެވެ. އެ މީހުން ސަލާމަތްވީ ކަނޑުވެފައި ވަނިކޮށް، ހާދިސާ ހިނގި ސަރަހައްދުން ދިޔަ ދޯންޏަކަށް ނެގުމުންނެވެ.