Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޖޭޕީގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓުންނަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާމިގިލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގަ އެވެ.

މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމް ލީޑަރުކަން ކުރައްވާ ޖޭޕީގެ ކައުންސިލުގައި ވަނީ އިންތިޚާބުގައި ވާދަކުރުމާ މެދު ގޮތްތަކެއް ހުށަހަޅައި މަޝްވަރާކޮށްފަ އެވެ. އެގޮތުން ދާއިރާތަކަށް ވާދަކުރާނީތޯ ނުވަތަ އެހެން ޕާޓީއަކަށް ތާއީދުކުރުމާ މެދު މަޝްވަރާކުރި އެވެ. އަދި މަޝްވަރާކުރުމަށްފަހު ޖޭޕީގެ ކައުންސިލުން ނިންމީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހަމައެކަނި މާމިގިލި ދާއިރާ އަށް ކެނޑިޑޭޓުން ނެރެ، އެހެން ހުރިހާ ދާއިރާއަކަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް 4 ވަނަ ގަ އެވެ.

ޕީއެންސީން ވާދަކުރާ ކެންޑިޑޭޓޫން ކަނޑައެޅީ މިދިޔަ މަހުގެ 27 ގައި ޕްރައިމަރީ ވެސް ބޭއްވުމަށް ފަހު އެވެ.