Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ވިލިމާލޭގެ އާ ހޮސްޕިޓަލަށް ކޮންޓްރެކްޓަރަކު ހޯދަން ސޮއިކޮށްފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ހޮސްޕިޓަލްގެ ކޮންޓްރެކްޓް ހޮވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުހައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރު ޒެންގެ ޒޫ އެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ހޮސްޕިޓަލަކީ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. އެތަބް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ 12،890 އަކަމީޓަރުގެ ސަރަޙައްދެއްގަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ ބީލަމުގެ އުސޫލުން މަޝްރޫޢުއަށް ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ އެވެ. މިނިސްޓްރީން ބުނީ ކޮންޓްރެކްޓަރަކު ހޯދައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެށުމަކީ ޢަމާޒެއް ކަމަށެވެ.

މި މަސައްކަތުގެ ޑިޒައިންގެ މަސައްކަތްތަކާއި ސާވޭގެ މަސައްކަތްތައް މިދިޔަ އަހަރު ވަނީ ކޮށްފަ އެވެ.