ޕާކިސްތާންގެ ކަރާޗީގެ ބޮޑު ޝޮޕިން މޯލެއްގައި ރޯވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ގުލް ޕްލާޒާގައި ރޯވި ހާދިސާގައި އަލިފާން ނިއްވަން ކުރި މަސައްކަތް 24 ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އިރު، ހާދިސާގައި މިހާތަނަށް 21 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި 60 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެ އެވެ.
ޝޮޕިން މޯލްގައި ރޯވެ އިމާރާތުގެ ބޮޑު ބައެއް ވެއްޓިފައިވާ އިރު، މީގެ ސަބަބުން އިމާރާތުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްދާ އިރު، އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަދި ކަމާ ބެހޭ އިދާރާތަކުން ވަނީ މި ހާދިސާގެ ތަހުގީގެއް ފަށައިފަ އެވެ.