Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ބަންޑުން ޖަހާލި ދޯނިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ތާޖު އެގްޒޯޓިކާ ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި "ބަލްމާ 6" އިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ހޯދުމަށް ކަނޑާއި ވައިގެމަގުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަތަރު މީހުންނާ އެކު ދަތުރުކުރި މުދާ އުފުލާ ދޯނި "ބަލްމާ 6" ބަންޑުން ޖަހައިލި ހާދިސާގައި ބިދޭސީއެއްގެ އިތުރުން ދިވެއްސަކު ވެސް ގެއްލުނެވެ. އޭގެތެރެއިން ދިވެހި މީހާ މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.

މީގެއިތުރުން އޭގައި ތިބި އަނެއް ދެ މީހުން ސަލާމަތްކުރީ ހާދިސާ ހިނގި ސަރަހައްދުން ދިޔަ ދޯންޏެއްގެ ބައެކެވެ.