ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ ކައުންސިލް އިންތިހާބުގެ ކެމްޕޭން މެނޭޖަރަކަށް ކުޑޫ ހަމަޖެއްސުމުގެ އިތުރުން ޑެޕިއުޓީ މެނޭޖަރުންނަށް ހުޅުމާލެ ދާއިރާ ކުރީގެ މެންބަރު ޢަލީ ނިޔާޒުއާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް ޢަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ އަބްދުﷲ ވަހީދު ހަމަޖައްސާފައިވާއިރު، ތަރުޖަމާނުގެ ނައިބަކަށް ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ޙަސަން ވަނީ ހަމަޖައްސާފަ އެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވައި ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުން ވަނީ ހޮވައިފަ އެވެ.