Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހާފިޒުން ދަސްވެނިވުން ރޯދައިގެ 12 ވަނަ ދުވަހުގެ ރޭ

ހާފިޒުން ދަސްވެނިވުމުގެ ހަފްލާ މި އަހަރު އޮންނާނީ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ހާފިޒުން ދަސްވެނިވުމުގެ ހަފްލާ މި އަހަރު އޮންނާނީ ރަމަޟާން މަހުގެ 12 – އެކެއް މާރިޗް ވާ އާދީއްތަ ދުވަހުގެ ރެ އެވެ.

އެންމެ ފުރަތަމަ ބޭއްވި މިފަދަ ހަފްލާގައި 24 ހާފިޒަކަށް ހާޒިފުކަމުގެ ސަނަދު އަރުވާފައިވެ އެވެ.

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާއިރު، ރޯދަމަހުގެ ކުރިން އެ އަދަދު 300 އަށް އަރާނެ ކަމަށް ޝަހީމް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުމެވެ. އަދި މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުންދާ ކަމަށާއި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.