Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އަފީފުދީދީގެ އަނބިކަނބަލުން އައިސީޔޫގައި

ދަރިކަލަކާ އެކު އަނީސާ.

އިނގިރޭސީން އައްޑޫގައި ތިބި ދުވަސްވަރު ސުވައިދީބްގެ ނަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ހިމެނޭ ގޮތަށް ވަކި ސަރުކާރއް ގުންގި އިރު ރައީސްކަން ކުރެއްވި އައްޑޫ އަބްދުﷲ އަފީފްދީދީގެ ހުވަފަތް އަނބިކަނބަލުން އަނީސާ އަލިދީދީދީގެ ހާލު ދެރަވެގެން ފަރުވާ ދެމުން އެބަދެ އެވެ.

އާއިލާއާ އެކު އަނީސާ ދިރިއުޅުއްވަމުން ގެންދަވަނީ ސީޝެލްސްގަ އެވެ.

އަފީފުދީދީގެ އާއިލާ ސީޝެލްސް އަށް ބަދަލުވީ ވަކި ވެރިކަމެއް ގާއިމުކުރުމުން ދިވެހި ސަރުކާރުން ދިން އަދަބުތަކަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުންނެވެ.

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމު ފާއިތުވި ފަސް އަހަރު ފުރުއްވި އަހުމަދު އަފީފަކީ ވެސް އަފީފުދީދީގެ ބޭފުޅެކެވެ. އެ އާއިލާގެ ބޭފުޅުންނަކީ ސީޝެލްސްގެ ނުފޫޒު ގަދަ އަދިއެ ގައުމުގެ އިސް މަގާމުތަކެއް ފުރުއްވި އަދި ފުރުއްވަމުން ގެންދަވާ ބޭފުޅުންތަކެވެ.

އަފީފުދީދީފެ ދެ ކަނބަލުން ނިސްބަތް ވަނީ އައްޑޫ ހިތަދު އަށެވެ. އެ އާއިލާގެ ބޭފުޅުން ދޭތެރެ ދޭތެރެ އިން ރާއްޖެ ވެސް ވަޑައިގަނެ އެވެ.

ސީޝެލްސްގައި އަފީފްދީދީ އަވަހާރަވީ އުމުރުން 76 އަހަރުގައި 1993 ގަ އެވެ.