Last Updated: June 6, 09:11
Saturday, June 6, 2026
މީހުން

އިޓަލީގެ ފެޝަން ޑިޒައިނަރު ވެލެންޓީނޯޯ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވެލެންޓީނޯ ގަރަވާނީ މަރުވެއްޖެ އެވެ.

ވިހި ވަނަ އަހަރުގެ އެންމެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރުންގެ ތެރޭގައި ގުނައިލެވުނު ވެލެންޓީނޯ އިއްޔެ މަރުވި އިރު އުމުރަކީ 93 އަހަރެވެ. އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގައި ރޯމްގަ އެވެ.

އަމިއްލަ ނަމުގައި ވެލެންޓީނޯ ފެޝަން ހައުސްގެ ނަމުގައި އަމިއްލަ ޑިޒައިނިން ސްޓޫޑިއޯއެއް ވެލެންޓީނޯ ހުޅުވީ 1960 ގަ އެވެ. އޭގެ ފަހުން އޭނަވެގެން ގޮސްފައި ދުނިޔޭގެ އެންމެ ކާމިޔާބު އެެއް ފެޝަން ޑިޒައިނަރަށެވެ. ވެލެންޓީނޯގެ ޑިޒައިންތައް މަޝްހޫރު އެތައް ސެލެބްރިޓީންނެއް ބޭނުންކޮށްފައިވާ އިރު، ބައެއް ގައުމުތަކުގެ ނުފޫޒު ގަދަ ސިޔާސީ ބޭބޭފުޅުންގެ ކައިވެނީގެ ހެދުންތައް ވެސް ވެލެންޓީނޯ ޑިޒައިންކޮށްފައިވެ އެވެ.

އޭނަގެ ކަލެކްޝަންތަކެއް އެންމެ ފަހުން ދައްކައިލީ 2008 ގަ އެވެ.

ވެލެންޓީނޯގެ ޑިޒައިނިން ކެރިއަރުގެ ހާއްސަ ކަންކަމުގެ ތެރޭގައި ރަތް ކުލައިގެ ހާއްސަ ޝޭޑެއް އޭނަގެ ސިގްނޭޗާ ކުލައެއްގެ ގޮތުގައި މަޝްހޫރުވެފައިވެ އެވެ. އެއީ ވެލެންޓީނޯ ރެޑް ގެ ނަމުގަ އެވެ.