އިންޑިއާގެ ފިލްމީ ތަރި އަކްޝޭ ކުމާރާއި އަންހެނުން ޓްވިންކަން ކަންނާ އެކްސިޑެންޓްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ ހާދިސާ ހިނގީ އެ މީހުން ގައުމުން ބޭރުގައި އުޅެފައި ރޭ މުމްބާއީ އަށް ގޮސް، އެއާޕޯޓުން ގެއަށް ދަނިކޮށް ކަމަށެވެ. އެގޮތުން ހާދިސާ ހިނގާފައި ވަނީ މުމްބާއީގެ ޖުހޫހެ ސިލްވަ ބީޗް ކެފޭ ސަރަހައްދުގައި، ކުރޮޅިއެއް، ބާރަށް ދުއްވި ކާރެއްގައި ޖެހި، އެ ކާރު އަކްޝޭގެ ދެމަފިރިންގެ ސެކިއުރިޓީ ކާރާ މުޑި އަރައި، އެ ކާރު އަކްޝޭގެ އެސްޔޫވީގައި ޖެހިގެންނެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް ވެހިކަލެއްގައި ތިބި މީހަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ބައެއް މީޑިއާތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު، ކާރެއް އަރިއަޅާލައި އެހެން ކާރަކާ ޖެހިފައިވާ ތަން ފެނެ އެވެ.