ބ. ކަމަދޫގައި "ކާނި ބީޗް" ގެ ނަމުގައި ހެދި ވޯޓާ ޕާކާއި ބީޗް އާންމުކޮށް ހުޅުވާލައިފި އެވެ.
އެ ސަރަހައްދުގައި ވަނީ މޫދަށް އެރޭ މީހުންނަށް ހާއްސަ ވަސީލްތަކެއް ގާއިމުކޮށްފަ އެވެ.
ކަމަދޫ ކައުންސިލުން ބުނީ ރަށުގައި ހުޅުވި ވޯޓާ ޕާކާއި ބީޗަކީ މިދިޔަ ފަސް އަހަރު ދުވަހު ރަށުިގެ ތަރައްގީއަށް ކައުންސިލުން ކުރި މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ. އެގޮތުން ބީޗާއި ވޯޓާ ޕާކް ހެދީ ކައުންސިލްގެ ބަޖެޓުންނާއި ހެޔޮއެދޭ އެކި ފަރާތްތަކުގެ އެހީއާ އެކީގައި ކަމަށް ބުންޏެވެ.
މި މަސައްކަތަށް ކައުންސިލްގެ ބަޖެޓުން އެކަނި 400،000ރ. އާއި ބައި މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ ކަމަދޫ "ކާނި ބީޗް" ހަދާފައި ވަނީ ހުރިހާ އުމުރުފުރައަކަށް ވެސް ފެތޭ ގޮތަށް ގިނަ ހިދުމަތްތަކާ އެކު ކަމަށެވެ.
ކަމަދު އަކީ އާބާދީގައި 564 މީހުންގެ ދިރިއުޅޭ ރަށެކެވެ.