މި މަހުގެ ކުރީކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ސްރީ ލަންކާގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 10 ގައި ހިނގި އެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންނަށް ނަސޭހަތްދީ ފޮނުވާލި ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. ނަމަވެސް މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ތިލަކް ސޯމަޗަންދުރަ، 43، އާއި ޕްރިޔަންތަ ސިލްވާ، 46 އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ މި މަހުގެ 18 ގައި ކަމަށާއި އެ މީހުންގެ ވެ. ބަންދާ މެދު ގޮތް ނިންމަން ކްރިމިނަލް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.