Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެފްއެންޑްބީ ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް

ފުޑް އެންޑް ބެވަރޭޖް ޝޯ 2026 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް އިން ހައިރައިޒްއާއެކު ޕާޓްނާވެއްޖެ އެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯ ގެ ނުވަ ވަނަ އެޑިޝަން ކުރިއަށްދާނީ މިމަހުގެ 21 އިން 24 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. މި ޝޯގައި އިންޑަސްޓްރީގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.

އެފްއެންޑްބީ ޝޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ބިޒްނަސް އިން ޑިޖިޓަލް ސޮލިއުޝަންތަކާއެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި، ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ އެވެ.

މި އެގްޒިބިޝަންގައި އުރީދޫ ބިޒްނަސްއަށް ހާއްސަ ބޫތެއް ހުންނާނެ ކަމަށްވެސް އުރީދޫން ވަނީ ބުނެފަ އެވެ.

އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް، މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ގެނެސްދެވޭ ޚިދުމަތްތަކެވެ.

އުރީދޫ ބިޒްނަސް އިން ވަނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ބޫތު އަށް ޒިޔާރަތް ކުރުމަށް ދައުވަތު ދީފަ އެވެ.