ޝާހްރުކް ޚާނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް މިދިޔަ އަހަރު ލިބުނު ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ
މިކަން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށް އެންމެންގެ ހެޔޮދުއާ ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާރު އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އެޓްލީ، 39، އާއި ކްރިޝްނާ ޕްރިޔާ ކައިވެނިކުރީ 2014 ގަ އެވެ. އަދި އެ މީހުންގެ އަލަތު ދަރިފުޅު މީރް، އުފަންވީ ޖެނުއަރީ 13، 2023 ގަ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2023 ގެ "ޖަވާން" އަށް ފަހު، އެޓްލީ މިހާރު އަންނަނީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކު ފިލްމެއް ހަދަމުންނެވެ. ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ އެ ފިލްމުގެ ބަތަލާ އަކީ "ޖަވާން" ގެ ރޯލެއް ވެސް ކުޅުނު ދީޕިކާ ޕަދްކޯނެވެ.
އެ ފިލްމަކީ އެޓްލީގެ ފުރަތަމަ ބޮލީވުޑް ނުވަތަ ހިންދީ ފިލްމެވެ. އޭނަ ކުރިން މުޅިން ވެސް ޑައިރެކްޓްކޮށްފައި ވަނީ ތަމަޅަ ފިލްމުތަކެވެ. އެއީ އެއީ 2013 ގެ "ރާޖާ ރާނީ" އާއި 2016 ގެ "ތެރީ" އާއި 2017 ގެ "މާސަލް" ގެ އިތުރުން 2019 "ބިޖިލް" އެވެ.