ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅި ސަފީރު މަސްޢޫދު އިމާދު ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ޑރ. ޕެޓްރިކް ހާމިނީ އަށް އަރުވައިފި އެވެ.
އެކަމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރުގަ އެވެ.
އެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، މަސްޢޫދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާރާތްޕުޅުން އެ ޤައުމުގެ ރައީސް އަދި ރައްޔިތުންނަށް ތަހުނިއްޔާ އަރިސް ކުރައްވައިފަ އެވެ. އަދި ސަފީރު ވަނީ ސީޝެލްސް އިން ކީ މަރުހާބާއަށް ޝުކުރު ވެސް ދަންނަވައިވަފަ އެވެ.
މަސްއޫދު ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދެ ގައުމަށް ވެސް މުހިންމު ދައިރާތައް ކަމަށްވާ މަސްވެރިކަމާއި، ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގުޅުން ބަދަހި ކުރުން މުހިންމު ކަމަށެވެ.
ފާހަގަކުރައްވާފައެވެ.
ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ވަނީ ސަފީރު މަސްޢޫދަށް މަރުހަބާ ދަންނަވައި ސަފީރުގެ ދައުރުގެ ތެރޭގައި ދެ ޤައުމު ދެމެދު އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ފައެވެ.
އެ ބައްދަލުވުމަށް ފަހު މަސްޢޫދު ވަނީ، ސީޝެލްސްގެ ނައިބު ރައީސް ސަބޭސްޓިއަސް ޕިއްލޭގެ އަރިހަށް ވެސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
ރާއްޖެ އިން ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރު މަސްއޫދަކީ، އަވައްޓެރު ސްރީ ލަންކާގައި ވެސް ހުންނަވާ ރާއްޖޭގެ ސަފީރެވެ.