ޝައިހް އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާ ދޭން ފަށައިފި އެވެ.
އޭނަގެ ދަރިކަލުން އަހްމަދު ކުމައިލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބައްޕައަށް މި ވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އަދި ބައްޕައަށް ހެޔޮ ދުއާކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އެނގިފައިވާ ގޮތުގައި ޝައިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި އަދި އަރަބިއްޔާ ސްކޫލަށް ވެސް ހިދުމަތް ކުރައްވާފައިވާ ޝައިހް އަޒީޒަކީ ޒަމްޒަމް ޙައްޖު އެންޑް އުމްރާގެ ވެރިޔާ ވެސް މެ އެވެ.