Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހުޅުމާލެ އާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް

ހުޅުމާލޭގަ އާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ހަދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެވެ. އެގޮތުން ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ހަދަން ސޮއިކޮށްފައިވެ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ/އެމްޑީ އިބްރާހީމް ޝަރީފެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ފިޓްނެސް ސެންޓަރުތައް ހަދަން ވެސް އެމްއޭސީއެލާ ހަވާލުކޮށްފައިވެ އެވެ.